ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންއަކީ ބޮލީވުޑްގެ ހަގީގީ ޖޯޑުތަކުގެ ތެރެއިން ގިނަ ބަޔަކު ލޯބިކުރާ ޖޯޑެކެވެ. އެ ދެމީހުންގެ ލޯތްބަކީ ވެސް އާއްމުންނަށް ސިއްރުވެފައިވާ ކަމެއް ނޫނެވެ.

އެހެން ނަމަވެސް އެ ދެމީހުންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި ވަރިވާން އުޅޭ ކަމަށް މީޑިއާގައި މިހާރު ދަނީ އަޑު ފެތުރެމުންނެވެ.

މި އަޑުތައް އަރަން މެދުވެރިވީ ރަންވީރު އޭނާގެ އިންސްޓަގުރާމަށް ލާފައި ހުރި އެ ދެމީހުންގެ ކައިވެނި ފޮޓޯތައް ގެއްލުމުންނެވެ.. ކައިވެނީގެ ފޮޓޯތައް ޑިލީޓްކުރި ނަމަވެސް ދީޕިކާއާއެކު ނަގާފައިވާ އެހެން ފޮޓޯކެއް ފެެނެ އެވެ.

ރަންވީރުގެ އިންސްޓަގްރާމްގައި މިހާރު ފެންނަން ހުރީ 2023ން ފެށިގެން އޭނާ ލާފައި ހުރި ފޮޓޯތައް ކަމަށް ވުމުން ކައިވެނި ފޮޓޯތައް ހިމެނޭހެން އޭގެ ކުރިން ލީ ފޮޓޯތައް "އާކައިވް" ކުރީ ކަމަށް ވެސް ވެދާނެ އެވެ.

ރަންވީރުގެ އިންސްޓަގްރާމުން އެމީހުންގެ ކައިވެނި ފޮޓޯތައް ގެއްލުނުއިރު ދީޕިކާގެ އިންސްޓަގުރާމްގައި އަދިވެސް އެ ފޮޓޯތައް ފެންނަން އެބަހުއަޓެވެ.

ހައަހަރު ރައްޓެހިވެގެން އުުޅުމަށްފަހު 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޮމޯގައި ކައިވެނިކުރި ރަންވީރާއި ދީޕިކާއަށް އަންނަ ސެޕްޓެމްބަރު މަހު އަލަތު ދަރިފުޅު ލިބޭނެ އެވެ.