މެޓް ގާލާ ނުވަތަ މެޓް ބޯލްއަކީ މެންހަޓަންގައި ހުންނަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސް ކޮސްޓިއުމް އިންސްޓިޓިއުޓްގެ ފައިދާއަށްޓަކައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފަންޑްރައިޒިން ގާލާއެކެވެ.

މެޓް ގަލާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި ގްލެމަރަސް ފެޝަން އިވެންޓްގެ ނުވަތަ "ފެޝަންގެ އެންމެ ބޮޑު ނައިޓް" ގެ ގޮތުގަ އެވެ.

މިއަހަރުގެ މެޓް ގާލާ ވަނީ ރޭ މެންހަޓަންގައި ބާއްވާފަ އެވެ. ކޮންމެ އަހަރަކު ވެސް ވަކި ތީމަކަށް ބާއްވާ މި އިވެންޓްގައި މި އަހަރުގެ ތީމަކީ "ގާޑަން އޮފް ޓައިމް" އަދި "ސްލީޕިން ބިއުޓީސް: ރި-އެވޭކަނިންގ ފެޝަން" އެވެ. މެޓް ގާލާ ޓިކެޓެއްގެ އަގަކީ 75،000 ޑޮލަރެވެ. މިއީ ދައުވަތު ލިބިގެން ދެވޭ އިވެންޓެކެވެ.

މިއީ ރޭ ބޭއްވުނު 2024 ވަނަ އަހަރުގެ މެޓް ގާލާގެ ގައި ފާހަގަ ކޮށްލެވުނު ލުކްތަކެވެ.

1. އާލިޔާ ބަޓް

އަލިޔާ ބަޓްގެ ހެދުން ޑިޒައިިންކޮށްފައިވަނީ ސަބަޔާސަޗީ އިން

2. މޯނާ ޕަޓެލް

ލޯ ރޯޗް ގެ ޑިޒައިންއެއްގައި މޯނާ ޕަޓެލް

3. ކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން މެޓް ގާލާގައި

4. ކެންޑަލް ޖެނާ

މޮޑެލް ކެންޑަލް ޖެނާ

5. ޒެންޑެޔާ

ލޯ ރޯޗްގެ ޑިޒައިނެއްގައި ޒެންޑެޔާ

6. ޓައިލާ

ލަވަކިޔުންތެރިޔާ ޓައިލާ

7. އެލް ފެނިންގް

އެކްޓްރެސް އެލް ފެނިންގް

8. ކައިލީ ޖެނާ

ކައިލީ ކޮސްމެޓިކްސް ގެ ފައުންޑަރ ކައިލީ ޖެނާ

9. ސިޑްނީ ސްވީނީ

އެކްޓްރެސް ސިޑްނީ ސްވީނީ