ބޮލީވުޑްގެ ކުރީގެ އެކްޓްރެސް އަދި އެކްޓަރު ސަންޖޭ ދަތުގެ މަންމަ ނަރްގިސްގެ 43 ވަނަ ފާތިހާ ދުވަހާ ދިމާކޮށް ސަންޖޭ އޭނާގެ މަންމައަށް ހާއްސަކޮށް މެސެޖެއް އާއްމުކޮށްފި އެވެ.

އިންސްޓްގްރާމް ޕޯސްޓެއްގައި މަންމައާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުން ސަންޖޭ ވަނީ ވަރަށް އަސަރުގަދަ ނޯޓެއް ވެސް ލިޔެފަ އެވެ.

އެ ޕޯސްޓުގައި ސަންޖޭ ބުނެފައިވަނީ މަންމަ އޭނާއާއެކު ނެތް ނަމަވެސް މަންމަ ހުރި ކަމުގެ އިހުސާސް އަބަދުވެސް ކުރެވޭ ކަމަށާއި މަންމަގެ ހަނދާންތައް އަބަދުވެސް ހިތުގައިވާ ކަމަށެވެ.

https://www.instagram.com/duttsanjay/?utm_source=ig_embed&ig_rid=fae01c67-3c37-41d3-b493-62615ca78153

1980ގެ އަހަރުތަކުގައި ސަންޖޭ ދަތު ބޮލީވުޑަށް ނުކުތް ދުވަސްވަރު އޭނާގެ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކުގައި އޭނާއަށް އެންމެ އެހީތެރިވި އެކަކަކީ ނަރްގިސް އެވެ.

އެކަން ސަންޖޭގެ ބައޮގްރަފިކް ފިލްމު "ސަންޖޫ"އިން ވަރަށް ރަނގަޅަށް ހާމަވެ އެވެ. މަނީޝާ ކޮއިރަލާ ކުޅެދީފައިވާ ނަރްގިސްގެ ކެރެކްޓަަރަކީ އެ ފިލްމުގެ މުހިއްމު ކެރެކްޓަރެކެވެ.

އަހަރުތަކެއް ވަންދެން ކެންސަރާ ހަނގުރާމަ ކުރުމަށްފަހު ނަރްގިސް މަރުވީ 1981 ވަނަ އަހަރު މެއި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ ސަންޖޭގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމުގެ ފަސް ދުވަސް ކުރިންނެވެ.