މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ވިއްކާފައިވާ އިރު، އޭގެ ތެރޭން ބޮޑު ބައެއް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ތަކަށް ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ 995.5 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ. އޭގެ ތެރޭން 69 ޕަސެންޓް ނުވަތަ 687.8 މިލިއަން ޑޮލަރު ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު ޑޮލަރު ވިއްކި ގޮތުގެ ކުރު ޚުލާސާއެއް

  • ވިއްކި ޑޮލަރުގެ ޖުމްލަ އަދަދު: 995.5 މިލިއަން ޑޮލަރު
  • އެސްއޯއީ ތަކަށް: 687.8 މިލިއަން ޑޮލަރު
  • ބޭންކްތަކަށް: 307.6 މިލިއަން ޑޮލަރު
  • ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް: 43.7 މިލިއަން ޑޮލަރު
  • ބޭރަށް ފުރާ ދިވެހިންނަށް: 85.5 މިލިއަން ޑޮލަރު

ރާއްޖޭން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން 500 ޑޮލަރު ވިއްކަ އެވެ. އެހެންވެ ބޭރަށް ފުރާ މީހުންނަށް ދޫކުރި 85 މިލިއަން ޑޮލަރަކީ އޭގެ ކުރީ އަހަރާ ބަލާ އިރު 40 ޕަސެންޓުގެ އިތުރުވުމެކެވެ.