މިދިޔަ އަހަރު ކައިވެނި ކުރަން ނިންމިއިރު ރާގަވް ޗައްދާއަކީ ކާކު ކަން ނޭނގޭ ކަމަށް ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފި އެވެ.

ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ރާގަވްއާ ބައްދަލުވުމަށްފަހު ފަސް މިނެޓުގެ ތެރޭގައި އެއީ އޭނާ ކައިވެނި ކުރަން ބޭނުންވާ މީހާކަން ޔަގީންވި ކަމަށެވެ.

އެ ނިންމުން ނިންމިއިރު ރާގަވްއަކީ ކޮން އުމުރެއްގެ ކައިވެނި ކޮށްގެން އުޅޭ މީހެއްކަން ނުވަތަ ނޫންކަން ވެސް އޭނާއަށް ނޭނގޭ ކަމަށް ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ އިތުރަށް ބުނީ އެ ދެމީހުން ބައްދަލުވީ ލަންޑަންގައި އޮތް އިވެންޓެއްގެ ތެރެއިން ކަމަށާއި އޭނާއަކީ ކީއްކުރާ ކާކުކަން ހޯދީ ވެސް އެ ބައްދަލުވުމަށްފަހު ކަމަށެވެ.

ރާގަވްއާއި ޕަރިނީތީ ކައިވެނިކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އުދައިޕުރްގައި އޮތް ކުލަގަދަ ހަފްލާއެއްގަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޕަރިނީތީ އެންމެ ފަހުން ފެނިފައިވަނީ އިމްތިއާޒް އަލީ ޑައިރެކްޓްކުރި ފިލްމެއް ކަމަށްވާ "އަމަރް ސިންހް ޗަމްކީލާ" އިންނެވެ.