ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
ފިނޭންސްގައި މިނިސްޓަރު ފެންވަރުގައި ހުންނެވި ނަސީރު މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސާފައި ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. ކުރިން އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި ނަސީރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގަ އެވެ.
ނަސީރު ފޮރިން މިނިސްޓްރީ އަށް ވެސް ބަދަލުކޮށްފައި ވަނީ މިނިސްޓަރު ފެންވަރުގަ އެވެ.
ނަސީރުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ފެންވަރުގައި އިތުރު އެޑްވައިޒަރަކު ވެސް ހުންނަވަ އެވެ. އެއީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި
ގައިންގަޔަށް ނާރާ ބަލިތަކަށް ދުންފަތް މަގުފަހިކޮށްދޭ: ނާޒިމް
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް