ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ކަނޑާއި ވައިގެ މަގުން މިހާތަނަށް ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދިއުމާ ގުޅިގެންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އުޅަނދު ބަންޑުން ޖަހާލުމާއެކު އަށް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދެ ބިދޭސީއަކު ވަނީ ގެއްލިފަ އެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކުން މިހާރު ވެސް އަންނަނީ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައި ފާސްކުރެވުނު ނަމަވެސް، އެ ދެ މީހުންގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފައިވާ ވަގުތެކެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފެއްގެ ސަބަބުން ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވައި ބާރުވާނެއެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި
ޑިޑީ ޖަލުން މިނިވަންވާ ތާރީހު އަވަސް ވެއްޖެ