ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ އިރްފާން ޚާންގެ ފާތިހާ ދުވަހާ ދިމާކޮށް އޭނާގެ ދަރިފުޅު ބާބީލް ޚާން އަސަރުގަދަ މެސެޖެއް އާއްމުކޮށްފި އެވެ.

އިރްފާންގެ ހަތަރުވަނަ ފާތިހާ ދުވަހުގެ ދެދުވަސް ކުރިން ހޮނިހިރު ދުވަހު ބާބީލް އިންސްޓަގްރާމްގައި އާއްމުކުރި އެ ޕޯސްޓުގައި އޭނާ ވަނީ އިރްފާންގެ ފަރާތުން ދަސްވި ކަންކަން ފާހަގަކޮށްފަ އެވެ.

އެގޮތުން އޭނާ ދެމިހުންނާނީ ބައްޕަ ދެއްކި މަގުން އާއިލާ ބެލެހެއްޓުމުގައި ކަމަށާއި ދުވަހަކު ވެސް ހިތްވަރު އެލުވާނުލާނެ ކަމަށް ބާބީލްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ އޭގެ ދުވަސްތަކެއް ކުރިން "ބައްޕަ ކައިރިއަށް ދާން" ބޭނުންވާ ކަމަށް ބުނެ އޭނާ ޕޯސްޓެއް ކުރި ކަމެވެ. އެ ޕޯސްޓު މިހާރު ވަނީ ޑިލީޓް ކޮށްފަ އެވެ.

އިރްފާން މަރުވެފައިވަނީ ދުވަސްތަކެއް ވަންދެން ބޮލުގެ ޓިއުމަރަކަށް ފަރުވާ ހޯދުމަށްފަހު 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. މިއަދަކީ އޭނާގެ ހަތަރުވަނަ ފާތިހާ ދުވަހެވެ.