ބޮލީވުޑްގައި ނަން މަޝްހޫރު ގިނަ "ސެލެބްރިޓީ" ޖޯޑުތައް ކައިވެނި ކޮށްގެން އުޅެނީ ލޯތްބަކުން ނޫން ކަމަށް ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީ ބުނެފި އެވެ.
ނޯރާ މިހެން ބުނެފައިވަނީ ދާދި ފަހުން ބޭއްވި ރަންވީރު އައްލާބާދިއާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ވަނީ ބޮލީވުޑްގައި ކުރެވޭ ކައިވެނިތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
މިހާރު އާއްމުންގެ މެދުގައި މަޝްހޫރު ތަރިން އެކަކު އަނެކަކާ ކައިވެނި ކޮށްގެން އުޅެނީ އެކަކު އަނެކަކު ދެކެ ލޯބިވާތީ ނޫން ކަމަށާއި އެކަމުން ލިބޭ މާއްދީ ފައިދާތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ނޯރާ ބުނީ މަޝްހޫރު ތަރިއަކާ ކައިވެނި ކުރުމުން ލިބޭ ޝަރަފާއި ފައިސާއަކީ ބޮލީވުޑްގެ އެތެރޭގެ ކައިވެނިތައް ގިނަވަމުން އަންނަ ސަބަބެއް ކަމަށެވެ.
މަޝްހޫރު ލަވަ "ދިލްބަރް ދިލްބަރް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނޯރާއަކީ ބޮލީވުޑްގެ އެކި ކަންކަމުގައި ފާޅުގައި ޚިޔާލު ފާޅުކުރާ ތަރި އެކެވެ.
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
އަދުހަމްގެ މަރަން ހައިކޯޓުން ވެސް ތާއީދުކޮށްފި