އާލިއާ ބަޓްއާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރަކީ މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު "ސްޓާ ކިޑް" ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ރަހާ އުފަންވުމާއެކު ގިނަ ބަޔަކު ހީކުރީ މާ ގިނަ ދުވަހެއް ނުވެ އޭނާގެ މައިންބަފައިން ފަދައިން ރަހާ ވެސް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނާނެ ކަމަށެވެ.
އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި މަންމަ އާލިއާ ބުނީ ރަހާ އެކްޓަރަކަށް ވާން އޭނާ ބޭނުންނުވާ ކަމަށެވެ.
އެ އިންޓަވިއުގައި އާލިއާ ވަނީ ރަހާ ކުރަން ބޭނުންވާ ކަމެއް ކުރުން ނުހުއްޓުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާ ބޭނުންވަނީ ރަހާ ސައިންޓިސްޓަކަށް ވާން ކަމަށް ބުނެފަ އެވެ.
2022 ވަނަ އަހަރު ކައިވެނިކުރި ރަންބީރުއާއި އާލިއާއަށް ރަހާ ލިބިފައިވަނީ އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ. އޭރުއްސުރެ ރަހާއަކީ މީޑިއާގެ ސަމާލުކަން ހޯދާފައިވާ ކުއްޖެކެވެ.
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ