މާލޭގެ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ރޭ ސައިކަލަކުން ޖެއްސުމަށް ފަހު ފިލައިފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުއްޓާ ސައިކަލަކުން ޖެއްސުމުން އަނިޔާވީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އެމީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭގެ 11:30 ވާން އުޅެނިކޮށް ކަމަށެވެ. ސައިކަލުން ޖެއްސި ދެ މީހުން މަޑުނުކޮށް، ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެ ސައިކަލްގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގެ މަގުތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ.
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!