ރާއްޖެ އިން ސައޫދީ އަށް ކަނޑައަޅުއްވާ އާ ސަފީރަކަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ޠާހާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާހާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައި ވަނީ 26 މާޗު 2024 ގަ އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
އެއްވެސް ގައުމަކަށް ސަފީރަކު އައްޔަން ކުރައްވަން ބޭނުންފުޅުވާނަމަ އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްދާނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.
މަގާމުތަކަށް އައްޔަންކުރަން ހުށަހަޅާ ނަންތައް ފާސްވާނީ ކޮމިޓީން އެ ބޭފުޅަކާ މެދު ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ނެގޭ ވޯޓަކުންނެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ