މާލޭގެ ދެ މިސްކިތެއްގައި ވުޟޫކުރާ ބަޔަށް ގެއްލުންދީފި އެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ވިދާޅުވީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ފާހަނާތައްޓާއި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ދާނެ ކަމަށެވެ.
މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް އެންމެންގެ އެހީ ބޭނުންވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ،
އެ ދެ މިސްކިތުގެ އަންހެންނުން ވުޟޫކުރާ ބަޔަށް ގެއްލުންދިނީ ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން!