އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ދަރިފުޅު އާރަދްޔާ ބައްޗަންއަކީ އުފަންވީއްސުރެ ވެސް އާއްމުންނާއި މީޑިއާގެ ސަމާލުކަން ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން އޭނާގެ އިސްތަށިގަނޑު ސްޓައިލްކުރާ ގޮތުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ.
މީގެ ކުރިން އާރަދްޔާ ފެންނަނީ ނިއްކުރިމަތިން ކުރުކޮށް އިސްތަށިގަނޑު ކޮށާފައި ހުންނަ ސްޓައިލްއެއްގަ އެވެ. އެއާއެކު އޭނާގެ ނިއްކުރި އެއްކޮށް ފޮރުވެ އެވެ.
އެހެން ނަމަވެސް މިފަހުން ބޭއްވި އަމްބާނީ އާއިލާގެ ކައިވެނި ހަފްލާއެއްގައި އާރަދްޔާ ފެނުނީ މުޅިން ތަފާތު ކޮށެވެ. އޭނާ ހުރީ ބޮލުގެ މެދުން މަގުފަޅައި ދެފަރާތަށް އިސްތަށިގަނޑު އަޅައިގެންނެވެ.
އެއާއެކު އާއްމުން އަންނަނީ އެކަން ފާހަގަކޮށް އޭނާގެ އާ ސްޓައިލަށް ތައުރީފް ކުރަމުންނެވެ. އެ ހެއާ ސްޓައިލްއާއެކު އާރަދްޔާ ހިޔާރުކުރީ ކަޅު ހެދުމެކެވެ.
މީގެ ކުރިން ވެސް މަދު ފަހަރެއްގައި އާރަދްޔާގެ "ނިއްކުރި" އާއްމުންނަށް ފެނިފައިވެ އެވެ. އޭގެ ތެރެއިން ވެސް އޭނާގެ ސްކޫލުގެ ހުށައެޅުމެއްގައި ފެނުނު ފެނިލުން ފާހަގަ ކުރެވެ އެވެ.
މި ސަރުކާރުގައި ކުންފުނިތަކަށް 4،938 މުވައްޒަފުން އިތުރުކޮށްފި
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި