ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހެންވޭރު ނޫރު މިސްކިތް ކައިރިންނެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޝަމީމަށް ފަރާލި މީހަކު ވެސް ހިމެނެ އެވެ. ބެލެވޭގޮތުގައި އެއީ ބަޔަކު ދުރާލާ ރާވައިގެން ދިން ހަމަލާއެކެވެ. ނަމަވެސް އެ ހަމަލާ ދިނީ ކީއްވެ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ ޝަމީމަށް ހަމަލާދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭނާއަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، މޫނު ފޮރުވައި އަދި ހެލްމެޓް ވެސް އަޅައިގެން ތިބި ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަނީ
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
