ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ރަންވީރު ސިންހްއާއި އަންހެނުން ދީޕިކާ ޕަދުކޯންއަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާ ބަލިވެ އިންއިރު މިހާރު އޭނާ ގުނަމުންދަނީ ދެވަނަ ޓްރިމިސްޓާގެ ދުވަސްތަކެވެ. އެއީ ގާތްގަނޑަކަށް ބަނޑަށް ތިން މަހެވެ.
ދީޕިކާ ބަނޑުބޮޑު ކަމުގެ ވާހަކަތައް ގަދަވެފައި މިވަނީ ދާދި ފަހުން ބޭއްވި ބާފްޓާ އެވޯޑްސްގައި އޭނާ ލައިގެން ހުރި ހެދުމުންނެވެ. އެ ހަފްލާއަށް އޭނާ ލާފައިވަނީ ބަނޑުމަތިން ދޫ ހެދުމެކެވެ.
ދަރިން ހޯދުމާ ބެހޭ ގޮތުން ދީޕިކާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ މީހުންނަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ބައެއް ކަމަށާއި އަމިއްލަ ދަރިއަކު ހޯދަން ބޭނުންވާ ކަމަށެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގައި ކައިވެނިކުރި ދީޕިކާއާއި ރަންވީރު ވަނީ މިދިޔަ ނޮވެމްބަރު މަހު އެމީހުންގެ ކައިވެނީގެ ފަސްވަނަ އަހަރީ ދުވަސް ބެލްޖިއަމްގައި ފާހަގަ ކޮށްފަ އެވެ.
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން 241 ކޮމިޓީން ލަފާދީފި
އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ސަމާލުވޭ!
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ