ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހިލްޓަން ހޮޓެލްސްގެ ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ފުންނާބު އުސް އެކްޓަރު ދީޕިކާ ޕަދުކޯން ހަމަޖައްސައިފި އެވެ.
ހިލްޓަން ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކި ޕްލެޓްފޯމްތަކުގައި އެ ބްރޭންޑް ޕްރޮމޯޓް ކުރަން ދީޕިކާ އުޅޭނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހިލްޓަންއިން ދީޕިކާ އިހުތިޔާރުކުރީ އޭނާއަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރަކަށް ވުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަގުބޫލު ފަންނާނަކަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން ދީޕިކާ ބުނެފައިވަނީ ހިލްޓަން ކަހަލަ ބޮޑު ބްރޭންޑަކާ އޭނާގެ ނަން ގުޅުމަކީ ހުދު އޭނާއަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ހިލްޓަންގެ އިތުރުން ވެސް ދީޕިކާ އެމްބެސަޑަރުކަންކުރާ އެހެން ބްރޭންޑްތަކުގެ ތެރޭގައި ލުއި ވިޓޯން، ކާޓިއާ ފަދި ޑިޑައިނާ ބްރޭންޑްތައް ހިމެނެ އެވެ.
ޖަނާގެ ބޭންކް ހުޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަނީ
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
މުއިއްޒު ޕްރޮމޯޓްކުރަން ޕީއެންސީން 100 މީހުންނަށް ވަޒީފާ ދީފި