ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ.
"ރިހިވެލި" ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ވަނީ އެމީހާގެ އަތުގައި ދަތް އަޅާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަހަމްވެ ހާލު ދެރަވި މީހާއަށް ސިއްހީ އަވަސް ފަރުވާ ބޭނުންވާތީ އެ މީހާ އަށް ފަރުވާދިނުމަށް ގެންދަން ސިފައިން އެހީތެރިވިކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
ޖަޕާނުން 4-0 އިން ޓިއުނީޝިއާ ބަލިކޮށްފި
އައިޔޫއެމްގެ ދިރާސާ: ކުދިން ސްކޫލަށް ނުދަނީ ލަހުން ނިދާތީ