ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިޓްކޮމް ސީރީޒް "ޔަންގް ޝެލްޑަން"ގެ ހަތްވަނަ އަދި އެންމެ ފަހު ސީޒަން ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
ހަތްވަނަ ސީޒަން ފެށޭނީ ހަވަނަ ސީޒަން ނިމުނު ހިސާބުންނެވެ. ޝެލްޑަންއަށް ލިބުނު ސްކޮލާޝިޕެއްގައި އޭނާއާއި އޭނާގެ މަންމަ ޖަރުމަނަށް ދިއުމަށްފަހު އޭނާގެ ތަޖުރިބާތައް މި ސީޒަންގައި ދައްކުވައިދޭނެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ސީޒަންގައި ޝެލްޑަންގެ ހަޔާތުގެ މުހިއްމު ބައެއް ކަންކަން ފެނިގެންދާނެ އެވެ. އެގޮތުން ޝެލްޑަންގެ ބައްޕަ މަރުވުން ފާހަގަ ކޮށްލެވެ އެވެ.
އެއާއެކު މި ސީޒަން ވެގެންދާނީ ބެލުންތެރިން ޝައުގުވެރިވާނެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭނެ ސީޒަންއެއް ކަމަށް ސީބީއެސްއިން ބުނެ އެވެ.
"ޔަންގް ޝެލްޑަން"އަކީ އަހަރުތަކަކަށް ދެމިގެންދިޔަ ބިގް ބޭންގް ތިއަރީގެ ޕްރީކުއަލް ސްޕިންއޮފް އެކެވެ. އެ ސިޓްކޮމްއިން ދައްކުވައިދިނީ ބިގްބޭންގްގެ ލީޑް ޝެލްޑަންގެ ޅަފަތުގެ ހަޔާތެވެ.
"ޔަންގް ޝެލްޑަން" ނިމުމަކަށް އަންނަ ނަމަވެސް އެ ސީރީޒްގެ އިތުރު ސްޕިންއޮފްއެއް ޝެލްޑަންގެ ބޭބެ ޖޯޖީގެ ހަޔާތުގެ މައްޗަށް އުފައްދާނެ ކަމަށް ބުނާ ހަބަރުތަކެއް ދަނީ ދައުރުވަމުންނެވެ.
ޔަންގް ޝެލްޑަންގެ ހަތްވަނަ ސީޒަން ފެބުރުއަރީ މަހުގެ 16އިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 05:35 ގައި މީޑިއާނެޓްގެ ޗެނަލް 818 އިން ދުރަށް ދައްކާނެ އެވެ.
ދިރާގު "ވިން 2 ސްޕީޑްބޯޓްގެ" ނަސީބުވެރިޔާ ހޮވައިފި
ސޯނޫއަށް ލިބުނު އެވޯޑަކަށް އިންކާރުކުރިކަން އެނގޭތަ؟
އީރާނަށް އިތުރު ފުރުސަތެއް ދިނުމަށް ގަލްފްގެ 3 ގައުމަކުން އެދުނު