ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ތަރި ކަމަށްވާ ޝާހްރުކް ޚާން އާއްމުންގެ މެދުގައި މަޝްހޫރުވެފައިވަނީ "ކިންގް އޮފް ރޮމޭންސް"ގެ ގޮތުގަ އެވެ. ލޯބީގެ ރަމްޒެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ޚުދު ޝާހްރުކް ޚާން އެކަން ބޭނުން ނުވި ކަމެވެ. ލޯބީގެ ފިލްމުތައް ލިބެމުން އައި ނަމަވެސް ވިލަންގެ ރޯލުތައް ކުޅެން މާ ބޮޑަށް ބޭނުންވި ކަމެވެ.
ޝާހްރުކް ޚާން ބުނީ ކެރިއަރުގެ ކުރީކޮޅު "ޑަރް" އަދި "ބާޒީގަރް" ފަދަ ފިލްމުތަކުގައި ނުބައި ބައި ކުޅެގެން އާއްމުންގެ ތަރުހީބު ލިބުމުން އެފަދަ ފިލްމުތައް ކުޅެން އޭނާ ބޭނުންވި ކަމަށެވެ.
މި ސަބަބަށްޓަކައި ޝާހްރުކް ޚާން ވަނީ އޭނާގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔޭންގޭ" ކުޅެން އެތައް ފަހަރެއްގެ މަތިން އިންކާރު ކޮށްފަ އެވެ.
ކަންމިހެން އޮތް ނަމަވެސް ބެލުންތެރިންނަށް ޝާހްރުކް ކަމުދަނީ ރޮމޭންޓިކް ހީރޯއެއްގެ ގޮތުގަ އެވެ. އޭނާގެ ލޯބީގެ ފިލްމުތަކަކީ އާއްމުން ބަލާ ފޫހިނުވާ ފިލްމުތަކެކެވެ.
އޭނާގެ މަޝްހޫރު ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔޭންގޭ"، "މޮހައްބަތެއިން"، "ކަބީ ޚުޝީ ކަބީ ގަމް"، "ކުޗް ކުޗް ހޯތާހޭ" އަދި "ވީރް ޒާރާ" ހިމެނެ އެވެ.
ލިޓަސް އޮޓޯ މޯބައިލްއަށް ވެސް 40 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
ނޮވެމްބަރު 17ގެ އެއްވުން ފަސްކުރަން އެމްޑީޕީން ނިންމައިފި
އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ސަމާލުވޭ!