ބޮލީވުޑްގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ފިލްމްފެއާ އެވޯޑްސްގެ 69 ވަނަ އެޑިޝަން މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފި އެވެ.
ގުޖުރާތުގެ ގާންދީނަގަރުގައި ބޭއްވި އެ ކުލަގަދަ ހަފްލާގައި ބޮލީވުޑުގެ ނަން މަޝްހޫރު ތަރިން ބައިވެރިވިއިރު އެކި ކެޓަގަރީތަކުން އެއްވަނައަށް އައިސްފައިވާ ފަރާތްތަކަށް އެވޯޑް ދީފައިވެ އެވެ.
އެގޮތުން އެ ޝޯގެ އެންމެ ޝަރަފުވެރި ދެ އެވޯޑް ކަމަށްވާ އެންމެ މޮޅު އެކްޓަރު (އަންހެން އަދި ފިރިހެން) ލިބުނީ ދެމަފިރިން ކަމަށްވާ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް އެވެ.
ފިލްމު "އެނިމަލް" އިން ރަންބީރަށް އެ އެވޯޑު ލިބުނުއިރު އާލިއާއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީއިންނެވެ.
މީގެ އިތުރުން އެ ހަފްލާގައި އިތުރު އެވޯޑުތައް ލިބުނު ތަރިންގެ ތެރޭގައި ރާނީ މުކަރްޖީ، ވިކްރާންތު މެސީ، ވިކީ ކައުޝަލް އަދި ޝަބާނާ އާޒްމީ ހިމެނެ އެވެ.
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ކަތިވަޅިއަކުން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި