ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން މީޑިއާއާ ރައްޓެހި އެއް ޖޯޑެވެ. އެކި ފަހަރުމަތިން އެ ދެމީހުން ވަނީ އެކަކު އަނެކަކުގެ ސިއްރުތައް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން މި ބަލާލަނީ ސައިފްގެ ހެދުން އެޅުމުގެ އާދަތަކާ ބެހޭ ގޮތުން ކަރީނާ ދައްކާފައިހުރި ބައެއް ވާހަކަތަކަށެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާ ނުބުނަނީސް ސައިފް އެއްވެސް އާ ހެދުމެއް ނުގަންނަ ކަމަށާއި އޭނާގެ އަލަމާރީގައި ގިނަވާނީ ބާ ހެދުން ކަމަށެވެ.
އެގޮތުން ބާވެގެން ގޮސް ލޯވަޅު އެޅިފައިވާ ޓީޝާޓްތައް ވެސް ސައިފް ލާ ކަމަށާއި ފަސް އަހަރަށްވުރެ ގިނަވެ ނާޑުވާ ދޫވެފައިވާ ޓްރެކްސޫޓުތައް ވެސް ބޭނުންކުރާ ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާ އިތުރަށް ބުނީ ސައިފްގެ މި އާދަތަކުގެ ސަބަބުން ބައެއް ފަހަރު އޭނާ ލަދުގަންނަން ވެސް ޖެހޭ ކަމަށާއި އެއީ އުޅެ އުޅެ ބަދަލުނުވި އާދައެއް ކަމަށެވެ.
ކަރީނާއަކީ ފެޝަނަށް ލޯބިކުރާ އޭނާ ލާ ހެދުންތައް ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅޭ މީހެއް ނަމަވެސް ސައިފްއަކީ އެކަމުގައި އޭނާގެ އިދިކޮޅު ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާގެ ފެޝަން ސެންސްއަކީ މުޅި ބޮލީވުޑްގައި ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ. ބޮލީވުޑްގެ ކޮންމެ ހަފްލާއެއްގައި ވެސް އޭނާ ފެނިގެން ދަނީ ތަފާތު ހެދުމެއްގަ އެވެ.
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި