މިދިޔަ އަހަރު ނުކުތް ޝާހްރުކް ޚާންގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޖަވާން" މީޑިއާނެޓުން ބަލާލެވޭނެ ގޮތް ހަމަޖެހިއްޖެ އެެވެ.
އެގޮތުން އެ ފިލްމުގެ ޓެލެވިޒަން ޕްރިމިއާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 07:30ގައި މީޑިއާނެޓްގެ ޗެނަލް 851، ޒީ ސިނަަމާ އެޗްޑީއިން ދުރަށް ދައްކާނެ އެވެ.
ޝާހްރުކް ޚާންގެ އިތުރުން ނަޔަންތުރާއާއި ދީޕިކާ ޕަދުކޯން މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމަށް ސިނަމާތަކުގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
އޭގެ އިތުރުން ދާދި ފަހުން އިއުލާން ކުރެވުނު ފިލްމްފެއާ އެވޯޑްސް 2024ގެ ނޮމިނޭޝަންތަކުގައި ވެސް ގިނަ ކެޓަގަރީތަކަކުން އެ ފިލުމު ވާދަކުރެ އެވެ،.
މިދިޔަ އަހަރު ނުކުތް ޝާހްރުކް ޚާންގެ ތިން ފިލްމުގެ ތެރެއިން އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "ޕަތާން" ވެސް ވަނީ މީގެ ކުރިން މީޑިއާނެޓުން ދައްކާފަ އެވެ.
 ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
			ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 
					 
					 
					 
					 
					 
					 
					 
					 
					 
					