މަޝްހޫރު ކާރު ބްރޭންޑެއް ކަމަށްވާ ޔުންޑާއީގެ ގްލޯބަލް އެމްބެސަޑަރަކަށް ބޮލީވުޑްގެ މަގްބޫލު ތަރި ދީޕިކާ ޕަދުކޯން ހަމަޖައްސައިފި އެވެ.
މިކަން އިއުލާން ކުރަމުން ޔުންޑާއީ އިންޑިއާއިން ވަނީ ހުކުރު ދުވަހު ދީޕިކާ ފޮޓޯއެއް އިންްސްޓަގުރާމްގައި ހިއްސާ ކޮށްފަ އެވެ. އެއާއެކު އެ ކުންފުނިން ވަނީ ދީޕިކާއަށް މަރުހަބާވެސް ކިޔާފަ އެވެ.
އެ ފޮޓޯގައި ކަޅު ހެދުމެއް ލައިގެން ދީޕިކާ ޔުންޑާއީ ކާރެއްގެ ކުރިމަތީގައި ހުއްޓިގެން ހުރެ އެވެ. ދީޕކާ ވެސް ވަނީ އެ ޕޯސްޓް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
ދީޕިކާއަކީ މީގެ ކުރިން ވެސް މަޝްހޫރު ގިނަ ބްރޭންޑްތަކަކަށް އެމްބެސެޑަރުކަން ކޮށްދީފަ އެވެ. އޭގެ ތެރޭގައި ހެއާކެއާ ބްރޭންޑެއް ކަމަށްވާ ލޮރެއާލް ހިމެނެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ސިދްހާތު އަނަންދުގެ "ފައިޓާ"އިން ރިތިކް ރޯޝަންއާ އެކުގަ އެވެ.
އެމްއެންޑީއެފް އިން ހިފެހެއްޓި ބޯޓުން ގިނަ އަދަދެއްގެ ޑްރަގް
ހަވާއެރުވުމާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ