މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
އަދި ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މި އޮޕަރޭޝަނަކީ، ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންގެ އިތުރުން ކަރެކްޝަންގެ އެހީތެރިކަމާއިއެކު ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވައިފައެއް ނުވެ އެވެ.
ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ