އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް އެމްޑަބްލިޔުއެސްސީގެ ޓީމެއް މިއަދު އައްޑޫއަށްދާނެ ކަމަށް ފެނަކައިން ބުނެފި އެވެ.
އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އިއްޔެ އައްޑު އަށް ގެންދިޔަ ސްޕެއާ ޕާޓް ނުވަތަ ވީއެފްޑީ ޑްރައިވް އިންސްޓޯލް ކުރި ނަމަވެސް، އެއަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އިތުރު ވީއެފްޑީ ޑްރައިވެއް އައްޑު އަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މުއާޒު ވިދާޅުވި އެވެ.
"އާ ވީއެފްޑީ ޑްރައިވެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދޭނެ ކަމުގެ ކޮންފޮމޭޝަން ވަނީ ލިބިފައި. އެއާއެކު އެ ކުންފުނީގެ އިންޖީނިއަރެއް ވެސް އައްޑު އަށް ދާނެ،" މުއާޒް ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
