މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ސަލްމާން ޚާންގެ "ޓައިގާ 3" އެކަނި މާއެކަނި އިނދެ ބެލުމަށްޓަކައި ސަލްމާންގެ ސަޕޯޓަރަކު މުޅި ސިނަމާ ހިފައިފި އެވެ.
ޓައިގާ 3 ބަލަން މުޅި ސިނަމާ ހިފާފައިވަނީ އިންޓަނެޓް އިންފްލުއެންސަރެއް ކަމަށްވާ ފައިސަލް ޝައިހް (ފައިސޫ) އެވެ. ފައިސަލްއަކީ ސަލްމާންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.
އެކަނި އިނދެ ފިލްމު ބަލާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރަމުން ފައިސަލް ބުނީ ސަލްމާންއާއެކު ހޭދަކުރާ ވަގުތަކީ އެހެން މީހުންނާއެކު ހިއްސާކުރެވޭނެ ވަގުތެއް ނޫން ކަމަށެވެ.
ފައިސަލް ވަނީ މީގެ ކުރިން ސަލްމާންއާ ބައްދަލުކޮށް އޭނާއާއެކު ނަގާފައިވާ ފޮޓޯތައް ވެސް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
ފައިސަލްއަކީ ޓިކްޓޮކްއާއި އިންސްޓަގުރާމްގައި ތަފާތު އެކި ކަހަލަ ކުރު ވީޑިއޯތައް ހަދާ ފަންނާނެކެވެ. އާއްމުކޮށް އޭނާ އުފައްދަނީ ނަށާ ވީޑިއޯތަކެވެ.
އަހަންނަކީ ކުޑަ ކުއްޖެއް ނޫން: ޖަންކޫކް
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ބީއެމްއެލް އިން އެމެކްސް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް