މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޓައިގާ 3"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރަމުން އަންނަ ސަލްމާން ޚާން އޭނާގެ ކުރިއަށް ހުރި މަސައްކަތް ތަކުގެ ތަފްސީލުތައް މީޑިއާއާ ހިއްސާކޮށްފި އެވެ.
އެގޮތުން އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ "ދަ ބުލް" ނަމަކަށް ކިޔާ ފިލްމެކެވެ.
މިއަހަރު އިންޑިއާގެ ނެޝަނަލް އެވޯޑުގެ ތެރެއިން ހާއްސަ ޝަރަފެއް އެރުވިފައިވާ ވިޝްނޫ ވަރަދާން ޑައިރެކްޓްކުރާ އެ ފިލްމުގައި ސަލްމާން ފެނިިގެންދާނީ ޕެރެމިލިޓަރީ އޮފިސަރެއްގެ ގޮތުގައި ކަމަށް ހަބަރުތައް ބުނެ އެވެ.
މި ރޯލަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުއްސުރެ ފެށިގެން ސަލްމާން ކުރަމުން އަންނަ ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމުގެ އިތުރުން ސަލްމާންގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ދަބަންގް 4"އާއި "ކިކް 2"ގެ އިތުރުން ސޫރަޖް ބަރްޖާތިޔާގެ ފިލްމެއް ހިމެނޭ ކަމަށް ސަލްމާން ބުންޏެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި
ބުރިޖުގައި އެކްސިޑެންޓެއް ހިނގައި ދަތުރުފަތުރަށް ބުރޫއަރައިފި