ސުޕްރީމް ކޯޓު އަންނަ މަހު ރިސެސް އަށް ދާން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އަންނަ މަހުގެ ނިޔަލަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.
ކޮންމެ އަހަރަކު ވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަ އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސް އަށް ދެ އެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް ވަޑައިގެންފި
ކެކިކެކި އޮންނަ ފެންގަނޑުގެ ވާހަކަ އަޑު އެހިންތަ؟
ނިކޯލްއަށް އޭނާގެ މަންމަ ދިން އެންމެ ފަހުގެ ނަސޭހަތަކީ މިއީ!