ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ތިން މެންބަރަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށް، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް ރައީސް މިއަދު އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ:
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަހުމަދު މުޝްތާގު،
- ބޭންކިންގެ ދާއިރާއިން: ވ. ބްލޫ އޯޝަން، ލީނާ އަބްދުލް ޖަލީލް،
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ. ކޮމަންޑޫ، މޫސާ ފަތުހީ އާދަމް އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، އެ ތަންތަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ތިން މެންބަރުން ރައީސް މުއިއްޒު މިއައްޔަން ކުރެއްވި އެބޯޑު ހުސްކަމެއްގެ ތެރޭގައި އޮންނަތާ ދުވަސްތަކެއް ފަހުންނެވެ.
މީގެ ކުރިން އެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމުން ކުރީގެ ސަރުކާރުން އޮތީ އެ ބޯޑަށް ބޭފުޅުން އައްޔަން ނުކޮށެވެ.
އެހެންވެ، އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑަށް ހުށަހަޅުއްވާ ބޭފުޅުން އައްޔަންކުރުމުގެ ކަންކަން އޮތީ ހުއްޓިފަ އެވެ. ނަމަވެސް، އަލަށް އައްޔަންކުރެއްވި ތިން މެމްބަރުންނާ އެކު ބޯޑުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގެންދަވަނީ އެކި އެކި ވުޒާރާތަކާއި މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި މަގާމުތަކުގައި ތިއްބަވާނީ ކަމަށް ގާބިލު ބޭފުޅުންނެވެ
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
މެޓް ގާލާ 2026: ކަރަންގެ ފުރަތަމަ ފެނިލުމަށް ތައުރީފު އޮހެނީ!
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި