ކޮވިޑް ވެކްސިން އޭޑީކޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކޮވިޑް ވެކްސިން ޖަހަން ފަށައި، ފުރަތަމަ ޑޯޒް ޑރ. އަބްދުﷲ ނިޔާފް ޖައްސަވައިފި އެވެ.
މިއީ މާލޭގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި ހޮސްޕިޓަލެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން މިއަދު 40 މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100،000 ޑޯޒުގެ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިއަދު ހެނދުނު އެވެ. މިގޮތުން މާލެ އާއި ކުޅުދުއްފުށި އަދި އައްޑޫގައި ވެސް މި ވެކްސިން ޖަހާނެ އެވެ.
ކާބޯތަކެތީގެ އަގުތައް %10 އުފުލިދާނެ ކަމުގެ އިންޒާރެއް
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ގަވައިދާ ހިލާފަށް ސެޓްފިކެޓް ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި