ޔުނިސެފުން ހިމަބިއްސާއި އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެކްސިން ހަވާލުކޮށްދެއްވީ ރާއްޖޭގެ ޔުނިސެފް ރިޕްރެސެންޓޭޓިވް ޑރ. އެޑްވާޑް އެޑައި އެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން އެ ވެކްސިނާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރާއްޖެ އަށް ހަދިޔާކުރީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 136,000 ޑޯޒެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއީ މިއީ ބަލިތަކުން ރައްކާތެރިކޮށް ދިފާއީ ނިޒާމު ވަރުގަދަކޮށް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ވެކްސިނެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު