ޒޯޔާ އަޚްތަރުގެ "ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފްވާން ތައްޔާރު ވަމުން އަންނަ ދެ ތަރިން ކަމަށްވާ އަގަސްތުޔާ ނަންދާއާއި ސުހާނާ ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ.
އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ހަބަރުތައް ފެތުރިފައި މިވަނީ އާޗީސްގެ ކަންކަމުގެ އިތުރުން ވެސް އެކުގައި އެކި ތަންތަނުން ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން އެންމެ ފަހުން އެ ދެމީހުން އެކުގައި ފެނިފައިވަނީ މަނިޝް މަލްހޯތުރާގެ ދިވާލީ ޕާޓީއިންނެވެ. ޕާޓީގެ ތެރޭގައި ދުރުދުރުން އުޅުނު ނަމަވެސް ދެމީހުން ޕާޓީއިން ނުކުމެފައިވަނީ އެކުގަ އެވެ.
އަގަސްތުޔާ ނަންދާއަކީ ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ ކާފަ ދަރިއަކަށްވާއިރު ސުހާނާއަކީ ސުޕަސްޓާ ޝާހްރުކް ޚާންގެ ދަރި އެކެވެ.
މި ދެމީހުންކުރެ އެކަކުވެސް އެމީހުންގެ ގުޅުމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކާފައި ނުވި ނަމަވެސް އެ ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ރުހުން ލިބިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި