އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ނޭހާ ރާއްޖެއަށް ޗުއްޓީ ދޭހަކުރުމަށް އައިސްފައިވަނީ އޭނާގެ ފިރިމީހާ ރޯހަންޕްރީތު އަދި އާއިލާ މެންބަރިނާއެކު އެވެ.
ނޭހާ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަން ސޯޝަލް މީޑިއާ މެދުވެރިކޮން ހިއްސާކޮށްފަ އެވެ.
ނޭހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝަން ސިޔާމް ރިސޯޓްގައި އެވެ. ނޭހާ އަކީ ބޮލީވުޑްގެ ޒުވާން އަދި މަގުބޫލު ލަވަ ކިއުންތެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ ލަވަކިއުން ތެރިއެކެވެ. އޭނާ ވަނީ ކާމިޔާބު ލަވަތަކެއް ކިޔައި އާންމުންގެ ލޯބި ހޯދައިފައިވާ ލަވަކިޔުންތެރިއެކެވެ. އަދި އިންޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައިވެސް ނޭހާ ވަނީ ފެނިގެން ގޮސްފަ އެވެ.
ނޭހާ ކައްކަރާއި ރޯހަންޕްރީތު ކައިވެނި ކުރީ 2020 ވަނަ އަހަރު އެވެ.
އަމީތާބުގެ ކެއުމާއި ނިދުމަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފި
ވާރޭ ވެހި މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"