"ކޮފީ ވިތު ކަރަން"ގެ ހަބަރުތަކަކީ މިހާރު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގަދައަށް ދައުރުވާ ހަބަރުތަކެވެ. އެ ޝޯގެ ތިންވަނަ އެޕިސޯޑުގެ މެހެމާނުންނަށް ހަމަޖެހިފައިވަނީ ގާތް ދެ އެކުވެރިން ކަމަށްވާ ސާރާ އަލީ ޚާންއާއި އަނަންޔާ ޕާންޑޭ އެވެ.
ސާރާއާއި އަނަންޔާގެ އެޕިސޯޑަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު ބައެއް މީހުން މިވަނީ އެ ޝޯއާ ގުޅޭ އެެހެން ކަމެއް ވެސް ފާހަގަ ކޮށްފަ އެވެ.
އެގޮތުން ކޮފީ ވިތު ކަރަންގެ ހަތްވަނަ ސީޒަންގައި ސާރާ ބައިވެރިވީ އޭރު އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ބެލެވުނު ޖާންވީ ކަޕޫރާއެކުގަ އެވެ.
އެހެން ނަމަވެސް ޝޯގެ ތެރެއިން ކަރަން ޖޯހަރު ސާރާއަށްވުރެ މާ ބޮޑަށް ޖާންވީއަށް ސަމާލުކަން ދިނުމުން އެ ދެތަރިންގެ މެދުގައި މައްސަލަ ޖެހުނީ ކަމަށް ބުނެވެ އެވެ.
އޭގެ ފަހުން ސާރާއާއި ޖާންވީގެ ރަހުމަތްތެރިކަން ދުރުވިއިރު ފަހުން ސާރާ ފެންނަން ފެށީ އަނަންޔާއާއެކުގަ އެވެ. އެހެން ކަމުން ސާރާއާއި ޖާންވީގެ ރަހުމަތްތެރިކަން ނިމުމަކަށް އައީ ކަރަންގެ ސަބަބުން ކަމަށް ގިނަ މީހުން ބުނެ އެވެ.
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށް
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް