ގއ. ގެމަނަފުށީ ކައިރިން މޫދަށް މަސް ފައިބައިގެން އުޅުނު މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މަސް ހިފަން މޫގައި އޮއްވައި އެ މީހާގެ ގައިގައި ލޯންޗަކުން ޖެހިގެން ކަމަށެވެ. އެއީ ގެމަނަފުށީ ފަޅަށް ވަންނަން އުޅުނު ލޯންޗެކެވެ.
އެ ހާދިސާގައި ނިޔާވީ އެއަތޮޅު ކަނޑުހުޅުދޫގައި ދިރިއުޅޭ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފަ އެވެ.
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
