ފ. ނިލަންދޫއަށް ދިޔަ މީހަކު އިއްޔެ ޕޮޒިޓިވްވުމާއި ގުޅިގެން 30 މީހަކު 10 ގެއެއްގައި ކަރަންޓީނު ކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މޮނީޓަރިންއަށް ރަށް ލާނީ ކޮމިއުނިޓީ ސްޕްރެޑް ކޭހަކަށް ވާ ހާލަތްތަކުގައި އެކަނި ކަމަަށެވެ. އެ ރަށުން މީހަކު ޕޮޒިޓިވްވި ނަމަވެސް އެރަށް މޮނީޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާ ކޮށްފައެއް ނުވެ އެވެ.
ނިލަންދޫއިން އިއްޔެ ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ މާލެއިން އެ ރަށަށް ސާވޭއެއް ހަދަން ދިޔަ މީހެކެވެ. އެ މީހާ އެރަށަށް ދިޔައީ އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުންނެވެ.
ކޮވިޑް ކޭސްތައް ގިނަވާ މިންވަރު މިހާރު ގިނަވެ، އިއްޔެ ވެސް މުޅި ރާއްޖެއިން 143 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން ރަށްރަށުން ހަތް މީހަކު ޕޮޒިޓިވްވި އެވެ. އަދި މާލޭ ސަރަހައްދުން ޖުމްލަ 112 މީހުން ޕޮޒިޓިވްވެފަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފި
ދިލްޖީތުގެ ނަމުގައި އެމެރިކާގައި ހާއްސަ ބަންދު ދުވަހެއް!
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"
