ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅުގެ އަމީނީ މަގާއި، ކޮއިމަލާ ހިނގުން އަދި ބުރުޒުމަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި އޭގެ އިތުރުން، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޮޅީގެ ދިލްބަހާރުމަގާއި، ކުދީނާގޯޅި، ޗާންދަނީމަގު، މަޖީދީމަގު، ކާމިނީމަގު، ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުން، ގުމްރީގޯޅި، ނިކަގަސްމަގު، ސައްޔިދުކިލެގެފާނު މަގު، ޒަމާނީ ހިނގުން އަދި ކުދިރަތްމާގޯޅި ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 10:45 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މަޢާފަށް އެދިފަ އެވެ.
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟