ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މާސްޓާކާޑު ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ މުއްދަތުގައި 2،500ރ. އަށް ވުރެ މަތިން ވިޔަފާރިކޮށްގެން 500ރ. އާ ހަމައަށް ވައުޗާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި މާސްޓާކާޑު ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި މާސްޓާ ކާޑު ބޭނުންކޮށްގެން 3،000ރ. އާ ހަމައަށް ހަދާ ޓްރާންސެކްޝަންތަކަށް 600ރ. ގެ ވައުޗައެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 14 ގެ ނިޔަލަށެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/shop-and-win-with-your-mastercard
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ