ރ. އަތޮޅު ރިސޯޓެއް ކައިރިއަށް ފީނަން އުޅުމުގެ ތެރޭގައި މީހަކު މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، އެ މީހާ ފީނަން ފޭބީ އެ އަތޮޅުގައި އޮންނަ ޔޫ އެންޑް މީ ރިޒޯޓް މޯލްޑިވްސް ކައިރިއަށް ކަމަށެވެ.
އެ މީހާ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލަށް މިއަދު 14:12 ހާއިރު ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވީ ދުވާފަރު އިސްމާއީލް މޫސާ، 51، އެވެ.
ރިސޯޓްތައް ކައިރިން ފީނަން އުޅުމުގެ ތެރޭގައި މީހުން މަރުވުމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. ގިނައިން އެފަދަ ހާދިސާތަކުގައި މަރުވަނީ ފަތުރުވެރިންނެވެ.
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޒައިނާ ހަމަޖައްސައިފި
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
