ރޯހިތު ޝެޓީގެ ސްޕައި ޔުނިވާސްގެ އެންމެ މަޝްހޫރު ފްރެންޗައިޒް ކަމަށްވާ ސިންގަމްގެ އާ ފިލްމެއްގެ މަސައްކަތް ފެށިފައވާއިރު މިފަހަރުގެ ފިލްމުން އާ މޫނުތަކެއް ވެސް ފެނިގެންދާނެ އެވެ.
އޭގެ ތެރެއިން އެއް ފަންނާނަކީ ދީޕިކާ ޕަދުކޯން އެވެ. މީގެ ކުރިން ސިންގަމްގެ އެއްވެސް ފިލްމަކުން ފެނިފައިނުވާ ދީޕިކާ އެ "ސިންގަމް އަގެއިން"ގައި ފެންނާނީ މުޅިން ތަފާތުކޮށެވެ.
އެގޮތުން ދީޕިކާ ކުޅޭ ކެރެކްޓަރު "ޝަކްތީ ޝެޓީ"ގެ ގޮތުގައި އޭނާގެ ފުރަތަމަ ފެނިލުން އާއްމުކޮށްފައިވާއިރު އެ ފެނިލުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ އަމާޒުވެފަ އެވެ.
ދީޕިކާގެ އިންސްޓަގްރާމްގައި އިއްޔެ އާއްމުކުރި ފޮޓޯއެއްގައި އޭނާ ހުންނަނީ ފުލުހެއްގެ ޔުނީފޯމުގައި ބަޑިއެއް ހިފައިގެންނެވެ. މިއީ ދީޕިކާގެ ކެރިއަރުގައި ފުލުހެއްގެ ރޯލު ކުޅެދޭ ފުރަތަމަ ފަހަރެވެ. ޕަތާންގައި އޭނާ ފެނިގެންދާނީ ސްޕައި އެޖެންޓެއްގެ ގޮތުގަ އެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ސިންގަމް ފްރެންޗައިޒްގައި ދީޕިކާގެ ފިރިމީހާ ރަންވީރު ސިންހް ވެސް ހިމެނޭ ކަމެވެ. ރަންވީރު ވަނީ ދީޕިކާއަށް ތައުރީފްކޮށްގެ އޭނާގެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ.
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
މި ސަރުކާރުގައި ކުންފުނިތަކަށް 4،938 މުވައްޒަފުން އިތުރުކޮށްފި
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި