އދ. ދަނގެތީން މަހަަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަަށައިފި އެވެ.
މަހަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަނީ އދ. ދަނގެތި ޔޫސުފް އިބްރާހިމް، 65އ. އެވެ.
އެމްއެންޑީއެފުން ބުނީ، އެ މީހާ ގެއްލުނީ ކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަމަށާއި އެ ރިޕޯޓް ލިބުނީ މިއަދު 11:42 ހާއިރު ކަމަށެވެ.
ޔޫސުފް އަކީ އާންމުކޮށް ވެސް މަހަށް ނިކުމެ އުޅޭ މީހެކެވެ.
ދަނގެތިން ވާހަކަދެއްކި މީހަކު ބުނީ "ޔޫސުއްބެ" މަހަށް ދާން ނުކުތީ ފަތިހު ކަމަށެވެ. އަދި ރަށް ކައިރީ އޮންނަ ރަންވެލި ރިސޯޓު ކައިރިން ހެނދުނު ހަތެއް ޖަހާ އެހާކަށް ހާއިރު އޭނާ ދޯނީގައި މަހަށް ނިކުމެ އުޅެނިކޮށް ބަޔަކަށް ފެނިފައިވާ ކަމަށްވެސް އެމީހާ ކިޔައިދިނެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
