ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވުމުން ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުން ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލާ ގުޅިގެން ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.
ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެ އެވެ.
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
ގާލް ގެޑޮޓް މެޓް ގާލާއިން ނުފެންނަނީ ޑުއާލިޕާގެ ސަބަބުން؟
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް