އާލިއާ ބަޓްއަކީ މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކޭ ބުނުމަކުން ދޮގަަކަށް ނުވާނެ އެވެ. އާލިއާއަކީ އޭނާގެ ހުނަރުގެ އިތުރުން ރީތިކަމަށް ވެސް މަޝްހޫރު ފަންނާނެކެވެ.
އެތައް ބިއުޓީ ބްރޭންޑެއްގެ އެމްބެސަޑަރުކަން ވެސް ކޮށްފައިވާ އާލިއާގެ ކުޑައިރުގެ ފޮޓޯތަކަށް ބަލާއިރު އެއީ އާލިއާކަން ފާހަގަ ކުރަން އުނދަގޫވާނެ އެވެ.
އެގޮތުން އޭނާއަކީ ކުޑައިރު ހަށިގަނޑުން ރަނގަޅުކޮށް ވަރަށް "ބިސްކޮށް" އިން ކުއްޖެކެވެ. އެކަން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރާ ކުޑައިރުގެ ފޮޓޯތަކުން އެނގެ އެވެ.
މި ސަބަބަށްޓަކައި ކުޑައިރު އޭނާއަށް ހާއްސަ ވަނަމެއް ދެވިފައި އޮވެ އެވެ. އެއީ "އާލޫ" އެވެ. އޭނާގެ ނަމާ ގުޅުވައިގެން ކިޔޭ "އާލޫ"ގެ ހިންދީ މާނައަކީ އަލުވި އެވެ. މިއީ އާއްމުކޮށް އިންޑިއާގައި ހަށިގަނޑުން ރަނގަޅުކޮށް ތިބޭ ކުދިންނަށް ލޯބިން ކިޔާ އުޅޭ ވަނަމެކެވެ.
މީގެ އިތުރުން ވެސް އާލިއާ ބޮޑުވަމުން އައިއިރު އާއިލާގެ ތެރެއިން އިތުރު ނަން ތަކެއް ވެސް ކިޔުނު ކަމަށް ހަބަރުތައް ބުނެ އެވެ.
1999 ވަނަ އަހަރު ކުޑަކުއްޖެއްގެ ރޯލުން ފެނުނު އާލިއާ ރަސްމީކޮށް ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު ރިލީޒްކުރި "ސުޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށް
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު