ބަރުލަމާނީ ނިޒާމު ގެންނަން ތާއިދު ނުކުރައްވާ ކަމަށާއި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ފަސް އަހަރުގެ ދައުރެއް ލިބެން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 އިންސައްތަ ބޭފުޅުން ތާއިދު ކރުައްވާ ނަމަ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށް ބޭނުންވާކަން ހާމަކުރައްވާ ފައްޔާޒަށް ފޮނުއްވި މެސެޖް ފައްޔާޒް އެމްޑީޕީ ގައުމީ މަޖްލިސް ވަޓްސްއެޕް ގުރޫޕުގައި ހިއްސާ ކުރެއްވުމަށް ފަހު މެމްބަރުންނަށް ދެއްވި މެސެޖެއްގަ އެވެ.
ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާ ފައްޔާޒްއަށް ވަނީ މެސެޖްއެއް ފޮނުއްވައިފަ އެވެ. އެމެސެޖް ފައްޔާޒް ވަނީ އެމްޑީޕީ ޕީޖީ ގުރޫޕާ ހިއްސާ ކުރައްވައިފަ އެވެ. ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވިދާޅުވީ ރައިސް ނަޝީދު އެމްޑީޕީއާ ގުޅެން މާލަސްވެއްޖެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވާން ދިވާވި މައިގަނޑު ސަބަބަކީ ރައީސް ނަޝީދު ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުންގެ އެ ވާހަކަތަކާ ގުޅިގެން ފައްޔާޒް ވިދާޅުވެފައި ވަނީ ޑީމޮކްރެޓިކް ހަމަތާކާ އުސޫލްތަކުގެ ތެރެއިން ރައްޔިތުން ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ބޭނުންވާ ވެރިއަކު ހޮއްވަވާފައި ކަމަށެވެ. އެހެންވީމާ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށް ފަސް އަހަރުގެ ދައުރެއް ލިބެން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އެ ނިންމުން ބޮލާލާ ޖަހާ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރެވެން ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓްސްގެ ތާއިދު ހޯދުމަށް އެމްޑީޕީން އެޕާޓީއާ އެކު މަޝްވަރާ ކުރުމުން ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ޑީމޮކްރެޓްސް އިން ވަނީ އެމްޑީޕީއަށް ވެސް ހުށަހަޅައިފަ އެވެ. އެމްޑީޕީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
ބަރުލަމާނީ ނިޒާމާ ގުޅިގެން ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ރިޔާސީ އިންތިހާބުގެ ފަހުން ނެގުމަށް ރައީސް ޞޯލިހު ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ.
ފައްޔާޒު ގެ ތިނިންމުމަށް ޝުކުރު އަދާ ކުރަން. އަންނިގެ އަވައިގަ ޖެހިގެން ގޮސް ޤައުމު ހަލާކު މިވީ.