މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މިހާތަނަށް އައިރު 65،000 އަށްވުރެއް ގިނަ މީހުން ވޯޓުލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހެނދުނު 10:00 އާހަމައަށް ވޯޓުލާފައިވަނީ 23.80 އިންސައްތަ މީހުންކަމަށެވެ. އެއީ 65،600 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 27،291 އަންހެނުންނާއި 38،309 ފިރިހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިފައިވާ އަދި މިހާތަނަށް 76،80 އިންސައްތަ މީހުން ވޯޓު ނުލާކަމަށް އީސީން ހާމަކުރެ އެވެ.
އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވާއިރު މިހާތަނަށް އައިރު އަބޫދާބީ އަދި ލަންޑަން ނޫން ހުރިހާ ތަނެއްގައި ވޯޓްލުން ކުރިއަށް އެބަދެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އައިރު އެހާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދަނީ އަމާންކަމާއެކު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ވިނަރެސް ފްލެޓެއްގައި ލޯންޑްރީއެއް ހިންގަނީ، އެޗްޑީސީ ހަނު
ގޭގައި ހިފާ ގެންގުޅޭ މި ތަކެތި ގަވާއިދުން ދޮންނަން ޖެހޭނެ!
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"