ވައިގެމަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ ހަތަރު ކިލޯ ހުރިކަމަށެވެ.
އެ މަސްތުވާތަކެތި ފެނުނީ މިމަހުގެ 18ވަނަ ދުވަހު ދުބާއީން ރާއްޖެ އައިސްފައިވާ އެއާކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުންނެވެ.
ކަސްޓަމްސް އިން ބުނީ ބަލާފާސްކުރި ޝިޕްމަންޓުގެ ތެރޭގައި ޖުމްލަ ހަތް ޕެކޭޖު ހިމެނޭއިރު، އޭގެ ތެރެއިން ދެ ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާކަމަށެވެ.
އެ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ މަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ
ބޭރު ފައިސާ ހޯދަން ގޮންޖެހުމެއް، ނުރައްކާ ބޮޑު: އޮޑިޓް އޮފީސް
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
