މިއަދާއި މާދަމާ ސަރުކާރު ބަންދުވިއަސް އައިޑީކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެފި އެވެ.
ޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދާއި މާދަމާ އަކީ ރަސްމީކޮށް ސަރުކާރު ބަންދު ދެދުވަސް ނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ސަރުކާރު ބަންދު ދެ ދުވަހުގައި 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަން ނިންމާފައިވަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބާއްވާތީ، ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށް ޑީއެންއާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް އެ އޮފީހުން ކުރާނެ ކަމަށް ޑީއެންއާރުން ބުނެ އެވެ.
ބުދަ ދުވަސް ބަންދު ވަނީ ކީރިތި ރަސޫލާގެ އީދުމީލާދީއާ ފާހަގަ ކުރުމުގެ ގޮތުންނެވެ. ބުރާސްފަތި ދުވަސް ބަންދު ކުރީ އީދުމީލާދީއާ ގުޅުވައިގެން ކަން ފާހަގަކުރެވެ އެވެ. އެހެންކަމުން ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ އަންނަ ހޯމަ ދުވަހު އެވެ.
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
އަދިވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބޭ
