ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފި އެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިން މަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު އެ ބޭންކުން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ 46 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ