ކޯރަމް ހަމަނުވެގެން މިއަދު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުން ލަސްވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށް ފަހު ކޯރަމް ހަމަވޭތޯ ބައި ގަޑިއިރު މަޑުކުރެއްވި އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ.
ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ. މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާ އިރު، މިއަދުގެ ޖަލްސާއަށް ގިނަ މެމްބަރުން ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށް ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން ނަޝީދު އެދިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި ގިނަ މެމްބަރުން އުޅުއްވާ އިރު، މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން، ކޯރަމް ހަމަނުވެގެން ދެ ޖަލްސާއެއް މިހާތަނަށް ވަނީ ކެންސަލް ކޮށްފަ އެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!